ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން
ނަންބަރު:(IUL)101-AS/1/2022/241
އިޢުލާން
މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)101-AS/1/2022/227 (29 ސެޕްޓެމްބަރ 2022) އިޢުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު ނީލަން ކިއުމުގައި ބައިވެރިވެލެއްވި އެއްވެސް ފަރާތުން ތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިކަން ފައުޅު ކުރައްވާފައި ނުވާތީ އަލުން އެތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ
- ނީލަން ކިޔަން ހަމަޖެހިފައިވާތަން : ވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރަސްޓްރްކްޗަރ (އަމީނީ މަގު) އިމާރާތުގެ ގޯތިތެރޭގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 332-3668
މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މަތީގައި ދެންނެވުނު އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
11 އޮކްޓޯބަރ 2022