ދިވެހިރާއްޖެ
`
ޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރ: IUL306-AS/303/2022/54
އިޢުލާން
ރ. އުނގޫފާރު އޮޑިއެހެލާ ސަރަހައްދަށް އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމާއި ފަޅުގައި ބާއްވައިގެން މަރާމާތު ކުރުމާގުޅޭ
ރ. އުނގޫފާރު އޮޑިއެހެލާ ސަރަހައްދަށް އޮޑިދޯނި ފަހަރު އެހެލާ މަރާމާތު ކުރުމުގައި ނުވަތަ ފަޅުގައި ބާއްވައިގެން އެއްވެސް އުޅަނދެއް މަރާމާތު ކުރުމުގައި ކުނޑިއަރާ ޒާތުގެ ލަކުޑީގެ މަސައްކަތެއް ނުވަތަ ފައިބަރު މަސައްކަތެއް ކުރާނަމަ އެމަސައްކަތެއް ކުރަންވާނީ މިއިދާރާއަށް ލިޔެހުއްދަ ހޯދައިގެން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށެވެ. އަދި ފައިބަރުގެ މަސައްކަތެއް ކުރާނަމަ،ކުރަންވާނީ އުޅަނދު ވަށައިގެން ސަތަރިޖަހާ ބައްދައިގެންނެވެ. މިފަދަ މަސައްކަތްތައް ކުރުމުގައި އެންމެންގެ ސަލާމަތާއި ރައްކައުތެރިކަމަށް ވިސްނަވާ ކަންކަން ކުރުމަށް ދަންނަވަމެވެ. އަދި އޮޑިއެހެލާ ސަރަހައްދަށް އެހެލާ އޮޑިދޯނި ފަހަރު އެހެލާފަ 7 ދުވަހަށްވުރެ އިތުރަށް ބަހަށްޓަން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް އެދި ލެއްވުމުން ކައުންސިލުން ދެއްވާ ހުއްދައާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލްކުރެއްވުމަށް ދަންނަވަމެވެ.
އަދި މިދެންނެވުގޮތާއި ޚިލާފަށް މަސައްކަތް ކުރައްވަމުން ދާނަމަ އެކަން މިއިދާރާއިން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގައި ދެންނެވީމެވެ.
ވީމާ މިކަން އާއްމުކޮއް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
14 ރަބީޢުލްއޫލާ 1444
10 އޮކްޓޫބަރ 2022