ދިވެހިރާއްޖެ
ރަށުގެ ބަނދަރުމަތި ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަނިވި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ބަނދަރު ބުރުތައް ހެދުން
- ބަނދަރު ބޯޑުތައް ޖެހުން
- ބަނދަރު ތޮށިގަނޑުގެ މޫޓުތައް ޖެހުން
މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ކުރިއަށް ދާނީ މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.
|
ތާރީޚާއި ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
02 ނޮވެންބަރު 2022 13:00 |
ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައި |
އަންދާސީ ހިސާބު ހުށަހެޅުން |
09 ނޮވެންބަރު 2022 13:00 |
ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައި |
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.