ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގެ ބައެއް ވެހިކަލްތައް ނީލަންކިޔުން (ދެވަނަ އިޢުލާން)
މިކައުންސިލްގައި ބޭނުންކުރެވުނު ވެހިކަލްތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރ: (IUL)426-CA/426/2022/487 ގެ އިޢުލާނާއި ގުޅިގެން ނުވިކި ހުރި ވެހިކަލްތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމެހިފައިވާ މައުލޫމާތާއި ނީލަން ފެށުމަށްހަމަޖެހިފައިވާ އަގު، އަދި ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގު މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާނެއެވެ.
ނީލަމުން ވެހިކަލް ނެންގެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:00ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL05 ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ނީލަމުން ނަންގަވަން ބޭނުންފުޅުވާ ވެހިކަލް ނަންބަރ ޖެއްސެވުން އެދެމެވެ. ނީލަން ހުށަހަޅާފޯމް(NL05 ) މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ނީލަމުގައި ވިއްކާލާ ވެހިކަލްތައް ބައްލަވަން ބޭނުންވާ ފަރާތްތަކުން ، އެވެހިކަލެއް ބޭއްވިފައި އޮތް އޮފީހަކަށް ރަސްމީދުވަސްތަކުގެ ހެނދުނު 9.00 އިން 13:00 އާއި ދެމެދު ދުރުވުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 ނޮވެމްބަރ 2022 އިން ފެށިގެން 22 ނޮވެމްބަރ 2022 ގެ 14.00ގެ ހަމަޔަށެވެ.
ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.
ވެހިކަލްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6885003 އާއި ގުޅުއްވުން އެދެމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތްކަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިއުން ޙަވާލުކުރާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދައްކަވައި ތަކެތި ގެންދަވަން ވާނެއެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ. އަދި އިދާރީގޮތުން އެފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ރަބީޢުލްއާޚިރާ 1444
31 އޮކްޓޯބަރ 2022