ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފީސް އެސިސްޓަންޓް |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން |
މަޤާމްގެ މައްސޫލިއްޔަތު: |
- މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން - ޑިޕާޓްމަންޓް ފޮނުވަންޖެހޭ އަދި ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުން - ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން |
މަހު މުސާރަ: |
11،000ރ އާއި 12،000ރ ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް ތިލަފުށި ބޯޓްޔާޑް، ކ.ތިލަފުށި |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 07 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، careers@fsm.mv އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032510 ނަންބަރަށް ގުޅުއްވުން އެދެމެވެ.