މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ރޭންކް:
|
ޖީ.އެސް 4
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/5,020 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޑްމިނިސްޓްރޭޝަން ސެކްޝަން / މާލެ
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކޮންމެ ދުވަހަކުވެސް ސެކްޝަނުން ކުރެވުނު މަސައްކަތްތަކުގެ ޔައުމިއްޔާ ލަސްވެގެން ޖެހިގެން އަންނަ ދުވަހު ލިޔެ، މިނިސްޓްރީގެ ޔައުމިއްޔާ ލިޔުމަށް ހަމަޖެހިފައިވާ މުވައްޒަފަކާ ޙަވާލުކުރުން.
- ކޮންމެއަހަރެއްގެ އަހަރު ރިޕޯޓު ލިޔުމުގައި އަހަރު ރިޕޯޓު ލިޔުމަށް ޙަވާލުވެފައިވާ މުވައްޒަފަށް އެހީތެރިވުން.
- ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަށް މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމާއި، އެކިއެކި ސެކްޝަންތަކުން ބޭނުންވާ ތަކެތި ގަވާއިދާއި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސެކްޝަންތަކަށް ދޫކުރުން.
- ސްޓޮކުން މަދުވަމުންދާ ތަކެތި ފާހަގަކޮށް ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށްޓަކައި ޕްރޮކިޔުމަންޓް ސެކްޝަންގައި އެދުން.
- ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ކައުންސިލްތަކުގެ ލޯގޯ ރަޖިސްޓަރީ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހިންގުމާ ޙަވާލުވެ ހުންނަ ވެރިޔަކު އަންގާ ގޮތެއްގެމަތިން ކުރުން.
- މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުން އެކިއެކި ފަރާތްތަކަށް ފޮނުވަން ސެކްޝަނާ ޙަވާލުކުރާ ސިޓީތައް ޕިޔޯނުން ނުވަތަ މަސައްކަތު މީހުން ލައްވާ އެ ތަކެތި ހަވާލުކުރަންޖެހޭ ތަންތަނަށް ދުވަހުން ދުވަހަށް ހަވާލު ކުރުން.
- އެކިއެކި ކަންކަމާ ގުޅިގެން ޓައިޕްކުރަންޖެހޭ ލިޔުންތައް ޓައިޕް ކުރުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން
- ސެކްޝަންގެ މުވައްޒަފަކު ޗުއްޓީނަގާނަމަ އެމުވައްޒަފު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން އެމުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- އޮފީހުގެ އެހެން ސެކްޝަންތަކުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެގެން އެދިވަޑައިގެންފިނަމަ އެކަމެއްގައި އެހީތެރިވެދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
25 ނޮވެންބަރު 2014 އިން 09 ޑިސެންބަރު 2014 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި.
|
އިތުރު މަޢުލޫމާތު:
|
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
- ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|