ދިވެހިރާއްޖެ
(IUL)438-WMPC/438/2022/485:އިޢުލާން ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
7 ޑިޖިޓަލް ތިކްނެސް މެޝަރިންގގޭޖް ގަތުމުގެ މަސައްކަތް – ދެވަނަ އިޢުލާން
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، ޕްލާސްޓިކް ކޮތަޅުގެ ބޯމިން ބެލުމަށް ބޭނުންވާ 7 ޑިޖިޓަލް ތިކްނެސް މެޝަރިންގ ގޭޖް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-WMPC/438/2022/420 އިއުލާނަށް ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އަލުން އަރުވަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރް.އެފް. ކިޔު) ގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ ރިކުއެސްޓް ފޯ ކުއަޓޭޝަން (އާރް.އެފް. ކިޔު) މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތުގެ ޓެކްނިކަލް ސްޕެސިފިކޭޝަން އާރް.އެފް. ކިޔު ޑޮކިޔުމަންޓްގައި ހިމަނާފައިވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 70 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ2022 ނޮވެމްބަރ 23 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ2022 ނޮވެމްބަރ 23 ވާ ބުދަ ދުވަހުގެ 11:00ގ ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2022 ނޮވެމްބަރ 21 ވާ ހޯމަ ދުވަހު 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: mcep.procurement@environment.gov.mv
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 23rd November 2022 at 1100hrs – “Procurement of Digital Thickness Measuring Gauges-2nd Tender,(IUL)438-WMPC/438/2022/485”
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،
ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޯލޮޖީ ބިލްޑިނގް
ކަލާފާނު ހިނގުން، ހެންވޭރު، މާލެ، ދިވެހިރާއްޖެ.
އީމެއިލް: mcep.procurement@environment.gov.mv
ނަންބަރު: +960 3018451
ވެބްސައިޓް: www.environment.gov.mvހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
14 ނޮވެމްބަރ 2022