ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަން ކިޔުން (ތިންވަނަ އިޢުލާން)
ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރ: (IUL)426-CA/426/2022/411 ގެ އިޢުލާނާއި ގުޅިގެން ނުވިކި ހުރި ބައެއް ތަކެތި ހުރުމާއެކު އެތަކެތީގެ ފަށާ އަގު ދައްކުރުމަށްފަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 29 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 16 ނޮވެމްބަރ 2022 އިން 24 ނޮވެމްބަރ 2022 އަށް މިދުވަސްތަކުގެ ހެނދުނު 8:00 އިން 13:00 އާއި ދެމެދު ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ އަގު ހިމޭނެ ލިސްޓް މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެ އެވެ. މިފަހަރުގެ ނީލަން މަދުވެގެން 01 ބައިވެރިއެއްގެ ހާޟިރުގައި ވެސް ކުރިއަށް ގެންދެވޭނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ނީލަމުގެ އުސޫލުން އައިޓަމްތައް ގްރޫޕްކޮށްގެންނެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ އަދި ނުވިކި ހުންނަ ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ނައްތާލެވޭނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ރަބީއުލްއާޚިރާ 1444
15 ނޮވެމްބަރ 2022