ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާއިމީ ދަނޑުބިން ދޫކުރުމަށް ހަމަޖައްސާފައިވާ ބިމުގައި ހުރި ރުއްގަހުގެ މަޢުލޫމާތު ސާފުކުރުން

މިކައުންސިލުން ދާއިމީ ދަނޑުބިން ދޫކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުކަމުގައިވާ "ޗާންދަނީމަގުގެ އިރުދެކުނު ފަޅިން ފެށިގެން ނިކަގަސްމަގުގެ އިރު ދެކުނާއި ހަމައަށް"  މިސަރަހައްދުގައި ހުރި ރުއްގަހުގައި ފެހި ކުލައިގެ ސްޕުރޭ ދަވާދުން މިހާރުވާނީ ނަންބަރު 1 ން 437 އާދެމެދު  ނަންބަރު ޖަހާފައެވެ.

      ވީމާ މަތީގައި ދަންނަވާފައިވާ ސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މައުލޫމާތު 2022 ޑިސެންބަރު 15 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ލިޔުމުގައި ރުއްގަހުގެ ވެރިފަރާތުގެ ނަމާއި ،އެޑްރެސް އަދި މިއިދާރާއިން ޖަހާފައިވާ ނަންބަރު ހިމަނަންވާނެއެވެ.  މިރުއްގަހާއި ގުޅޭގޮތުން މަތީގައިވާ ތާރީޚުގެ ފަހުން ހުށަހެޅޭ ޝަކުވާތައް ބަލައި ނުގަންނާނޭކަމުގައިވެސް ދަންނަވަމެވެ އަދި މިމުއްދަތަށް ފަހު މިސަރަހައްދުގައި ހުންނަ އެއްވެސް ފަރާތެއްގެ ޝަކުވާއެއް ލިޔުމުން ހުށަހެޅިފައި ނުވާ ރުއްގަސް ނައްތާލުމުގައި އެރުއްގަހަށް ދިމާވެދާނެ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެކަމުގައިވެސް ދަންނަވަމެވެ.  

 

23 ރަބީއުލްއާޚިރު  1444

17   ނޮވެންބަރު  2022

17 ނޮވެންބަރު 2022
ހޯދާ