މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއްތައް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:

އިޢުލާން                                                                                                                                        

   (IUL)307/INDIV/2022/81 :ނަންބަރު   

ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއްތައް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:

މިރަށު ބަނދަރު ރުއްތަކާއި ބައު މިސްކިތު ގޯތިތެރޭގައިހުރި ރުއްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނީލަން އުސޫލުން ދޫކޮށްލުމަށް ބޭނުންވެއްޖެއެވެ.

ބަނދަރު ރުއްތައް ނީލަން އުސޫލުން ދޫކޮށްލުމަށް ބެހިފައިވާ ގޮތް:

  1. ބަނދަރު ހުޅަނގަށް 1 އިން 8 އަށް ކަޅުކުލައިން ނަމްބަރު ޖަހާފައި ހުރި 8 ރުއް
  2. ކައުންސިލް އިދާރާ ކުރިމަތީގައި ހުރި ރުކުން ފެށިގެން، އެސް.ޓީ.އޯ ފާރމަސީ ކުރިމަތީގައި ހުރި ބޮޑުބުރާއި ހިސާބަށް 9 އިން 15 ށް ނަންބަރު ޖަހާފައި ހުރި 7 ރުއް
  3. ބަނދަރުގެ އިރުމަތީ ސަރަޙައްދުގައި ހަދާފައިވާ ގާޑިޔާ ސަރަޙައްދުގައި، 16 އިން 22 އަށް ކަޅުކުލައިން ނަމްބަރު ޖަހާފައި ހުރި 7 ރުއް
  4. ބަނދަރުގެ އިރުމަތީ ސަރަޙައްދުގައި ހަދާފައިވާ ގާޑިޔާގެ އިރަށް، 23 އިން 29 އަށް ކަޅުކުލައިން ނަންބަރު ޖަހާފައި ހުރި 7 ރުއް
  5. ބައު މިސްކިތް ގޯތިތެރޭގައިހުރި 14 (ސާދަ) ރުއް

ވީމާ، މިރުއްތައް ނީލަން ޢުސޫލުން ނެންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 28 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް ބަނދަރު ސަރަޙައްދަށް (ކައުންސިލް އިދާރާ ކުރިމައްޗަށް) ވަޑައިގެން ދެއްވުންއެދެމެވެ. ކޮންމެ ބަޔަކަށް ވަކިން ނީލަން ފެއްޓޭ އަގަކީ 1500ރ (ފަނަރަސަތޭކަ ރުފިޔާ)އެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2022
ހޯދާ