ދިވެހިރާއްޖެ
(IUL)325-MS/325/2022/52 ނަމްބަރު:
އިޢުލާން
އަލަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަގުހެދުން
މިރަށު ރޯޝަނީމަގު ދެކުނުފަޅިން އަލަށް ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި އަލަށް ހެދޭ މަގުތަކުގައި ހުރި ރުއްގަސް ނަގާ ބިންސާފުކޮށް ފަސްގަނޑު އެއްވަރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، ތިރީގައި މިވާ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ . ސިޓީއުރައިގެ ބޭރުގައި އަލަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަގުހެދުން މިހެން ލިޔެފައިއޮންނަން ވާނެއެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ޤަވައިދުން ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތަކަށް ވާންވާނެއެވެ. އަދި ، އެސްޓިމޭޓް ހުށަހަޅުއްވާއިރު ވިޔަފާރިއާއި ގުޅޭ އެންމެހާ ޑޮކިޔުމެންޓެއް ހުށަހަޅާންވާނެއެވެ.
މަސައްކައްކަތާބެހޭ މަޢުލޫމާތު :
1 މަގުތަކުގައި ހުރި 88 ރުއް އަދި 21 ގަސް ނަގާ ބިންސާފުކޮށް ފަސްގަނޑު އެއްވަރުކުރުން .
2 ނަގާ ރުއްގަސް މަސައްކަތް ނަގާ ފަރާތާ ކައުންސިލާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް
އީޕީއޭގެ ހުއްދަ އާއެކު ރަށުން ބޭރުކުރެވޭނެއެވެ .
3 މަސައްކަތް ނަގާ ފަރާތުން ގެންދަން ބޭނުންނުވާ ރުއްތަކުގެ ތެރެއިން ގިނަވެގެން 10 ރުއް ކައުންސިލްގެ އިޙުތިޞާސް ގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ތަނެއްގައި އިންދުން. އަދި ބާކީ ހުރި ރުއްގަސް މުލުން ނަގާ ލަކުޑިއަށް /ވަކަރަށް ކަމުދާ ގުޅިތައް އެއްފަރާތް ކޮށް ކައުންސިލާ ޙަވާލުކުރުން . އަދި ބާކީ ތަކެތި އުކާލުން .
4 މަސައްކަތް ނަގާފަރާތުން ސީއެސްއާރުގެ ގޮތުގައި ހައިމާރކް ބޭނުންކޮށްގެން މިރަށުގެ ދެ ކުނިގޮނޑު ސާފުކޮށްދިނުން .
5 މިމަސައްކަތާގުޅިގެން ކައުންސިލަށްދައްކަންޖެހޭ ފައިސާއެއްވާނަމަ ، މަސައްކަތް ނިންމާ ވެހިކަލްތައް ރަށުން ބޭލުމުގެ ކުރިން ދައްކާ ނިންމުން .
6 އެސްޓިމޭޓް ހުށަހަޅާ ސިޓީގައި މަދުވެގެން ތިރީގައިމިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ހ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު : ނަން ، އައިޑީކާޑު ނަމްބަރ ، ފޯން ނަމްބަރ.
ށ . އެސްޓިމޭޓް ނަގާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީއާއި ގުޅޭ މަޢުލޫމާތު .
ނ . މިމަސައްކަތަށް ކައުންސިލަށް ދައްކާނެ ފައިސާ ގެ ޢަދަދު . ( ބޭރުކުރާ ރުކަކަށް )
ރ . މަސައްކަތް ނިންމުމަށް ދޭ މުއްދަތު .
ބ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސޮއި .
7 މަސައްކަތް ފެށުމަށްފަހު މަސައްކަތައް ގެންނަ ވެހިކަލްތައް ރަށުން ބޭލުމުގެ ކުރިން ސީއެސްއާރުގެ މަސައްކަތް ނިންމުން .
8 މަސައްކަތް ނަގާ ފަރާތާއެކު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކުރެވޭނެ .
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
90% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ބޮޑު އަގަށެވެ. |
Benchmark price/Submitted price x Allocarted percentage |
މުއްދަތު |
10% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted
|
|
|
v |
|
9 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
10 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
11 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
ފެކްސް ނަމްބަރ : 6600005
އީ . މެއިލް : info@baagoidhoo.gov.mv
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.