މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ބެކަޕް ޑްރައިވްއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ބޭނުންވާ ބެކަޕް ޑްރައިވްއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި ތެކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން،  06 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ (procurement@customs.gov.mv) އީ-މެއިލްއަށް 01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334272  / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ނޮވެންބަރު 2022
ހޯދާ