ދިވެހިރާއްޖެ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ޤައުމީ ޓީމުތަކުގެ އެތުލީޓުންނަށް ދެވޭ ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުޞަތު މިއަދުން ފެށިގެން 2022 ޑިސެމްބަރ 8 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:001 އާއި ހަމައަށް ހުޅުވާލައިފީމެވެ.
މިފުރުޞަތަކީ، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ވާދަކުރާ ޤައުމީ އެތުލީޓުންގެ ފެންވަރު ރަނގަޅުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެތުލީޓުން ތައްޔާރުކުރުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓި (އެމް.އޯ.ސީ) ގެ ފާރަތުން ހިންގަމުން ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެވިގެން ހިންގޭ ކުޅިވަރު ސްކޮލަރޝިޕްގެ ޕްރޮގްރާމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ އެހީތެރިކަމާއެކު ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.
މި ސްކޮލަރޝިޕްއަށް "އެލިޖިބަލް" ވާ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.
1- ދިވެހި ރައްޔުތެއް ކަމުގައިވުން
2- 16 ފުރިފައިވާ އެތުލީޓަކަށްވުން
3- މިވަގުތު ޤައުމީ ޓީމު ނުވަތަ ސްކޮޑްގައި ހިމެފައިވުން / އެމް.އޯ.ސީ އެފިލިއޭޓްވެފައިވާ ކުޅިވަރެއްގެ އެތްލީޓަކަށް ވުން
4- މިވަގުތު އެއްވެސް ކުޅިވަރު ސްކޮލަރޝިޕްއެއްގެ ދަށުން ތަމްރީން ހަދަމުންދާ އެތުލީޓަކަށް ނުވުން
މި ސްކޮލަރޝިޕްއަށް ކުރިމަތިލުމަށް ބޭނުންވާ އެތުލީޓުންގެ ވަނަވަރު، އެ އެތުލީޓަކު ނިސްބަތްވާ ކުޅިވަރެއްގެ އެސޯސިއޭޝަން މެދުވެރިކޮށް، 8 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން info@olympic.mv އަށް މެއިލް ފޮނުވުމަށް ދަންނަވަމެވެ.