ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

            އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، -/100,000  (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވެއެވެ.

            ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 11 ޑިސެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، Public.accounts_committee@majlis.gov.mv އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން.

ކޮޕީ: hawwa.yameena@majlis.gov.mv

ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 36 / 2022 / އައި.ޔޫ / އެމް.އެލް / އެފް - 57

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 12 ޑިސެންބަރު 2022 ވާ ހޯމަ ދުވަހު ދުވަހުގެ 11:00 ގައި

ޕްރީބިޑް މީޓިންގ

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 26 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 11:00

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންގ އަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި

 

29 ނޮވެންބަރު 2022
ހޯދާ