މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން

ށ. ޅައިމަގު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން

މަޤާމް:

 ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު

5 (ފަހެއް)

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2023 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ށ. ޅައިމަގު ކައުންސިލްގެ އިދާރާ (ށ. ޅައިމަގު)

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

އުޖޫރަ

1-      ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން

މަސައްކަތްކުރާ ގަޑިއަކަށް39.40ރުފިޔާ

ސަރުކާރުގެ އުޞޫލުތަކާއެއްގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ، އެސަރަޙައްދުގައި ހުންނަ ބޮޑެތި ގަސްތަކުގެ ގޮފިތައް ކޮށާ، ފަޅާފައިވާ ވިނަތައް ބޯވިޔަ ނުދީ ނޮޅާ ސާފްކޮށް،  ބެލެހެއްޓުން.
  2. ރަށުގެ ބަނދަރުކުނިކަހާ ބެލެހެއްޓުން.
  3. ޤަބުރުސްތާން އަދި ޤަބުރުސްތާނާއި ގުޅިފައިވާ ގޯޅިމަގުތައް ސާފުކޮށް ބެލެހެއްޓުން.
  4. ރައްޔިތުންގެ ބޯފެންތާނގީތަކާއި، ފެންނަގާ ދިޔަދޮވި ތަކާއި، ފުރާޅުތައް ދޮވެ ސާފްކޮށް ބެލެހެއްޓުން.
  5. މަގުބައްތި މަރާމާތު ކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ މުވައްޒަފުންނަށް އެހީތެރިކަން ދިނުން.
  6. ކުނިވަޅުގަނޑުގައި ވަކި ކުރަންޖެހޭ ބާވަތްތައް ވަކިކޮށް ވަޅުގަނޑު ސާފުކުރުމަށް މަސައްކަތް ކުރުން.
  7. ކުނިވަޅުގަނޑަށް އެޅިފައިވާ ކުނިތަށް ނައްތާލުމަށް މަސައްކަތް ކުރުން.
  8. ރަށުގެ އެކި ސަރަޙައްދުތަކުގައި ކައުންސިލުން ބަހައްޓާފައި ހުންނަ ޑަސްޓްބިންތައް، މަސައްކަތްކުރާ ކޮންމެދުވަހަކު ހުސްކުރުން.
  9. ކުނިވަޅުގަނޑަށް ދާން އޮންނަ ގޯޅި މަގުތައް ކުނި އުކާފަރާތްތަކަށް ފަސޭހަވާނެ ފަދަގޮތަކަށް ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތް ކުރުން.
  10. ވަޅުގަނޑަށް ކުނި ގެންދާ ފަރާތްތަކުން ކުނިއެޅުމުގައި އެފަރާތަށް އެކިއެކި ދަތިތައް ކުރިމަތިވާނަމަ އެކަންކަން ކައުންސިލަށް އަންގާ ޙައްލު ކުރުމަށް މަސައްކަތް ކުރުން.
  11. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  12. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ނެތްނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

11 ޑިސެމްބަރު 2022 ވާ އާދީއްތަ ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ info@lhaimagu.gov.mv  މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޑިސެމްބަރ 12 އާއި 2022 ޑިސެމްބަރ 22 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ info@lhaimagu.gov.mv   މެއިލް އެޑްރެހަށެވެ.

29 ނޮވެންބަރު 2022
ހޯދާ