މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޭނުމަށް ފެންސިންގ ޕެނަލް ހެދުމުގެ މަސައްކަތް
ޕްރޮޖެކްޓް ނަމްބަރު: AGRO-13-2022
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ އެދިލެއްދުމުގެ މަތިން، ފެންސިންގ ޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް މި އިޢުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އަދި މިބިޑާގުޅިގެން ދޫކުރެވޭ އެންމެ ފަހު މަޢުލޫމާތުތަށް ލިބިގަތުމަށްޓަކައި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަކީ ބިޑަށް ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިންނެވެ.
ރަޖިސްޓްރީ ލިންކް: https://forms.office.com/r/EmpFfAEGfQ
- ބީލަން ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2022 ވަނަ ދުވަހު 11:00 ގައި އެމް،އެފް،ސީ ، ހެޑް އޮފީސް (ހ. އޯކިޑް 9 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ).
- މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ އީމެއިލް ކުރައްވާނީ 7 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- މި މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 1,250.00ރ (އެންހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށީގެން 28 ދުވަހެވެ.
- ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ procurement@mfmc.mv އަށެވެ.
30 ނޮވެންބަރު 2022
ހޯދާ