މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ބޭނުމަށް 350KGގެ 4 ޕިކަޕު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ޕްރޮޖެކްޓް ނަމްބަރު: AGRO-22-2022-5
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިކުންފުނިން ކުރި ނަންބަރު MFMC/I/2022/48 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ފުރިހަމަ ބިޑު ހުށަހަޅާފައި ނުވާތީ، މި ކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ބޭނުމަށް 350KGގެ 4 ޕިކަޕު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
- މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް މި އިޢުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އަދި މިބިޑާގުޅިގެން ދޫކުރެވޭ އެންމެ ފަހު މަޢުލޫމާތުތަށް ލިބިގަތުމަށްޓަކައި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަކީ ބިޑަށް ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިންނެވެ.
ރަޖިސްޓްރީ ލިންކް: https://forms.office.com/r/X4hsavZUiE
- ބީލަން ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2022 ވަނަ ދުވަހު 14:00 ގައި އެމް،އެފް،ސީ ، ހެޑް އޮފީސް (ހ. އޯކިޑް 9 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ).
- މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ އީމެއިލް ކުރައްވާނީ 7 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- މި މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 10,000.00ރ (ދިހަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށީގެން 28 ދުވަހެވެ.
- ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ procurement@mfmc.mv އަށެވެ.
30 ނޮވެމްބަރ 2022
30 ނޮވެންބަރު 2022
ހޯދާ