އަލްމަދްރަސަތުލް މުނައްވަރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- 2023 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެންބަރު 08 ން 2022 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން
- ވިޔަފާރި ރަޖިސްރީ ނަންބަރ
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ
- އީމެއިލް އެޑްރެސް
- ގުޅޭނެ މޯބައިލް ނަންބަރު
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ 11:30 ގައިއަލްމަދަރުސަތުލް މުނައްވަރާގެ އޭވީ ރޫމް ގައެވެ.
- މި ޕްރޮޖެކްޓާ ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
އަލްމަދަރަސަތުލް މުނައްވަރާ
ށ.މަރޮށި، ދިވެހިރާއްޖެ.
ފޯން: 6540508
އީ-މެއިލް: admin@munavvara.edu.mv
ކޮޕީ އީ-މެއިލް: principal@munavvara.edu.mv
08 ޑިސެންބަރު 2022
ހޯދާ