ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރ: 303/303/2022/59/IUL
އިޢުލާން
ލޭޒަރ ބައްތި ގެންގުޅުމާއި ގުޅޭ
މިހާރަކަށް އައިސް ލޭޒާރ ބައްތި ބޭނުންކޮށްގެން އެކި ތަންތަނަށް އަލިއަޅުވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. މިގޮތުން މިރަށް މަތިން ދަތުރުކުރާ ފްލައިޓްތަކަށާއި ރަށުގައި ދިރިއުޅެމުންދާ ބައެއް ފަރާތްތަކުގެ ލޮލަށް އެޅޭގޮތަށް ބައެއް ފަރާތްތަކުން ލޭޒަރ ބޭނުންކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. މިގޮތަށް ފްލައިޓްތަކަށް ލޭޒަރ އަލި އެޅުވުމަކީ ނުރައްކާތެރި ކާރީޘާއެއް ހިގާފާނެކަމެއްކަމަށްވާތީ އެއްވެސް ފަރާތަކުން މިފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި 18 އަހަރުން ދަށުގެ ކުދިންވެސް ލޭޒަރ ބައްތި ގެންގުޅެމުންދާކަން ފާހަގަކުރެވިފައިވާތީ، މިފަދަ ކަންކަން ހުއްޓުވުމުގައި ބެލެނިވެރިން މިކައުންސިލަށް އެއްބާރުލެއްވުން ދެއްވުމަށް އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
12 ޖުމާދުލްއޫލާ 1444
08 ޑިސެމްބަރ 2022