ދިވެހިރާއްޖެ
ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ކޮންސަލްޓަންސީ ޚިދުމަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި އޭޝިއަން ޑެވެލޮޕްމަންޓްގެ އެހީގައި މި މިނިސްޓްރީއިން ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ކޮންސަލްޓަންޓުން ހޯދުމަށްވަނީ ބޭނުންވެފައެވެ.
މި މަގާމުތަކުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ކޮންސަލްޓަންޓް މެނޭޖްމަންޓް ޕޯޓަލްއިންނާއި އަދި ދިވެހި ސަރުކާރުގެ ގެޒެޓް www.gazette.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކޮންސަލްޓަންސީއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް
ކޮންސަލްޓަންސީއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި ކޮންސަލްޓަންސީތަކަށް ކަނޑައަޅާފައިވާ އަގު މި ކޮންސަލްޓަންސީތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ޓީ.އޯ.އާރގައި ކަނޑައަޅާފައިވާ ޑެލިވަރަބަލްސް ނިންމާ މިންވަރަށް ބަލައި ޕޭމަންޓަ ޝެޑިއުލް އާއި އެއްގޮތަށެވެ. އަދި މަސައްކަތަށް ދެވޭ ޖުމްލަ އަގު ތިރީގައި އެވަނީއެވެ.
ސުންގަޑި މި ކޮންސަލްޓަންސީގެ ޚިދުމަތަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީމެއިލް ކުރެއްވުމަށް އީމެއިލް: zone3wte@environment.gov.mv މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ މާފަންނު، ހަނދުވަރީ ހިނގުން ފޯނު ނަންބަރު: 3019234 / 3019231
08 ޑިސެމްބަރ 2022 |