ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ބަޔޯމެޓްރިކްސް އެޓެންޑަންސް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށް ސެންޓްރަލައިޒްކޮށް ޑާޓާ އެކްސެސްވެވޭނެ އިންތިޒާމް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

 

                     މި އިދާރާއަށް 4 ބަޔޯމެޓްރިކްސް އެޓެންޑަންސް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށް ސެންޓްރަލައިޒްކޮށް ޑާޓާ އެކްސަސްވެވޭނެ އިންތިޒާމް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                     މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  14 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން 18 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ކައުންސިލްގެ މެއިލް procurement@thimarafushi.gov.mv އަށް މި އިޢުލާން އާއިއެކު ގެޒެޓް ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް އީމެއިލް ކުރުމަށް ދަންނަވަމެވެ. މި އިޢުލާން އާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރެޖިސްޓަރވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ.

                      އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ  20 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި އެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން (ކުންފުނި، ޕާޓްނަޝިޕް، ލޯކަލް އިންވެސްޓްމަންޓް) ފަދަ ވިޔަފާރިކުރާ ދިވެހި ވިޔަފާރިތަކަށެވެ. އަދި އެފަދަ ފަރާތްތަކަކީ މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީގައި ޓެކްސް ރެޖިސްޓަރ ކުރެވިފައިވާ ފަރާތްތަކެއް ކަމުގައިވެސް ވާން ޖެހޭނެއެވެ.

                      މި އިޢުލާން އާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 18 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން procurement@thimarafushi.gov.mv އަށް އީމެއެއިލް ކޮށްދެއްވުން އެދެމެވެ.

11 ޑިސެންބަރު 2022
ހޯދާ