ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 61 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 61

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

 

ބައްދަލުވުން ބޭއްވި ތާރީޙް:

26 އޮކްޓޫބަރު 2022

ބައްދަލުވުން ބޭއްވި ގަޑި:

9:20

 

 

ނިންމުންތައް

  1. ހޭންޑްބޯލް ކޯޓެއް ހެދުމަށް ބިމެއް ހޯދުމަށް އެދި ވަންދޫ ސްކޫލްއިން ހުށަހަޅާފައިވާ މައްސަލައިގައި ވަންދޫ ހެލްތު ސެންޓަރުގެ އުތުރުންވާ ސަރަހައްދުގައި ވަގުތީ ހޭންޑްބޯލް ކޯޓެއް އެޅުމުގެ ހުއްދަދިނުމަށާއި 8 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީގެ ޖަވާބު ފޮނުވުމަށް ނިންމުނު.
  2. ވިޑްސް ޖަމިއްޔާގެ ފަރާތުން ވޯލްޑްކަޕް ބެލުމަށް ޓީވީއެއް ހޯދުމުގައި އެހީތެރިކަމަށް އެދިފައިވާތީ ބަޖެޓުތަންދޭނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމުނު.
  3. ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑު ފާސްކުރެވުނު.
  4. ކައުންސިލްގެ އެކައުންޓުތައް އޮޕަރޭޓްކުރުމާއިގުޅޭ ގަރާރު ފާސްކުރެވުނު.
26 އޮކްޓޫބަރު 2022
ހޯދާ