ވަޒީފާގެ ފުރުޞަތު
|
:މަޤާމު
|
އެޑްމިން އެންޑް އެޗްއާރު އޮފިސަރ/ކޮމްޕެނީ ސެކްރެޓަރީ
|
މުސާރައާއި އެލަވަންސް:
|
- މުސާރ އަދި އެލަވަންސް: 12,000 ރުފިޔާ
- ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކުރުމާއި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
- ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުން
- ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާއި އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހާ މަސައްކަތެއް ކުރުން
- މުވައްޒަފުންގެ މުސާރަ އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
- ދުވަހުން ދުވަހަށް ހާޟިރީ އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން
- ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުން
- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހާ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
- ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުން
- ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް އިންތިޒާމްކުރުމާއި، ބޯޑު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
- ކުންފުނީގެ ބޯޑުން ނިންމާ ކަންކަން ތަންފީޒުކުރުމަށް، ކަމާއި ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން
- ކުންފުނީގެ މުދަލާއި ފައިސާ އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާއި އެއްގޮތަށްކަން ކަށަވަރުކުރުން
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމު:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
- އެސްއެސްސީ ދިވެހި ހިމެނޭ ގޮތުން އޭލެވެލްގެ ދެ މާއްދާއާއި އޯލެވެލްގެ 4 މާއްދާއިން ފާސްވެފައިވުން
-
މަސައްކަތު ތަޖުރިބާ:
- މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
28 ޑިސެމްބަރ 2022 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން univiya.holdings@univiya.com.mv އަށް އީމެއިލް މެދުވެރިކޮށް
|
ނޯޓު :
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|