މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސްކޫލުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް

މި ސްކޫލުގައި ކުރަންހުރި ތިރީގައި މި ދަންނަވާ މަސައްކަތްތައް ކުރުމަށް ކުރި ނަމްބަރ GS207/IUL/2022/15  (08 ޑިސެމްބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަލުން އެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

1. ފާޚާނާގެ މަރާމާތު

2. ދެބުރި ޢިމާރާތުގެ އިރުމަތީކޮޅުގައި ހަލާކުވެފައިވާ ނަލަފިލާގެ ސީލިންގ މަރާމާތުކޮށް ބިތުގައި ވޯޓަރ ޕްރޫފު ކޯޓިންއެއްލުން

3. ސްކޫލުން ދޭ ކެމެރާ ސިސްޓަމް ހަރުކޮށް ގުޅައި ދިނުން

4. ކްލާސްރޫމުތަކުގެ މައްސަލަޖެހިފައިވާ ލައިޓް އަދި ފަންކާތައް ބަދަލުކުރުން

            ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން މަސައްކަތްކުރާ ކުންފުނިތަކާއި އިންވެސްޓްމެންޓް ތަކުން، އިޢުލާންގައިވާ ގަޑިތަކަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށެހެޅުން އަދި ނަންނޯޓް ކުރުމުގެ ކަންކަން ޤަވާޢިދުން ކުރިޔަށް ގެންދިއުން އެދެމެވެ.

ތާރީޚް

ގަޑި

ތަފުޞީލް

21 ޑިސެމްބަރ 2022

11:00 ގެ ކުރިން

ނަން ނޯޓް ކުރުން(ޝައުގުވެރިވާ ފަރާތްތައް)

22 ޑިސެމްބަރ 2022

11:00 ގައި

މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން 

25 ޑިސެމްބަރ 2022

11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

 

       މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 6842605 އާއި ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        20 ޑިސެމްބަރ 2022

20 ޑިސެންބަރު 2022
ހޯދާ