ދިވެހިރާއްޖެ
އިޢުލާން
ބ ގޮއިދޫއިން ގޯތި ދޫކުރުމާއި ބެހޭ
މިއަހަރު ދޫކުރުމަށް އިޢުލާން ކުރެވުނު 25 ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯރމްތައް ގެވަޅު ކޮމިޓީން އިވެލުވޭޓްކޮށް ، ދިރިއުޅުމުގެ ޙާލަތުބަލާ ވަޒަންކުކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި ، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ކަނޑައަޅާ ، މާރްކްސް ދީފައިވާ ގޮތުގެ ތަފްޞީލް ހިމެނިފައިވާ ވަގުތީ ލިސްޓް މިއިޢުލާނާ އެކު ޢާންމު ކުރަމެވެ.
ވީމާ ، މިދެންނެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 5 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ނިޔަލަށް ޢާންމުކޮށް ހުޅުވާލަމެވެ. ޝަކުވާހުށަހަޅުއްވާނީ ލިޔުމުންނެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ޝަކުވާތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ފޮނުވާނީ info@baagoidhoo.gov.mv އަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުންވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ފޯން ނަމްބަރ 6600005 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޑިސެމްބަރ 2022