މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލެ - ތިލަފުށި ލިންކް މަޝްރޫއާއި ގުޅޭ

މާލެ - ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި 15 އޮގަސްޓު 2022 އިން ފެށިގެން ބަންދުކޮށްފައިވާ ވާހަކަ ޢާއްމުކޮށް ވާނީ އަންގާ އިޢުލާން ކޮށްފައެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކެއް މި ކަނޑުއޮޅި ބޭނުންކުރަމުންދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ލިބެމުންދެއެވެ. ބުރިޖު އެޅުމުގެ  މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި  މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

      އަދި ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަވެސް އަންގާ އިޢުލާންކުރީމެވެ.

22 ޑިސެންބަރު 2022
ހޯދާ