ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2022/24
އިޢުލާން
ރުކާއި، ގަސް ލަކުޑި އަދި ބައެއް ތަކެތީގެ ނީލަން ކިއުން.
ފެނަކަ އޮފީސް އިމާރާތުގެ ދެކުނުން ހެދޭ މަގަށާއި، ރިސީވަރު ގޯތީގެ އިރުން ހެދޭ މަގަށް އަރައިގެން ކަނޑާލެވިފައިވާ ރުއް ވަކަރާއި، ގަސް ލަކުޑި އަދި އިޖްތިމާއީމަރުކަޒާއި، ނޫރު މިސްކިތުން ނެގިފައިވާ ދޮރު ތަކުގެ ( ބޮޑުދޮރާއި،ކުދިދޮރު ދޮރުފަތާއެކު ) ނީލަން ކިއުން 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި އޮންނާނެއެވެ. ނީލަން ފެށޭނީ ހުކުރު މިސްކިތު ސަރަޙައްދުންނެވެ.
ވީމާ މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް އެސަރަހައްދަށް ވަޑައިގެންދެއްވުން އެދެމެވެ.
ނީލަން ކިޔޭ ތަކެތީގެ ލިސްޓް މިއިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޖުމާދަލްއާޚިރާ 1444 ހ.
25 ޑިސެމްބަރ 2022 މ.