މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސްއަށް ހުށަހަޅާ ގުޑްސް ޑިކްލަރޭޝަންތަކުގައި މުދަލުގެ ބީއެލް / އެއަރވޭ ބިލް ނަންބަރު ރަނގަޅަށް ބަޔާންކުރުމާގުޅޭ:

މުދާ އިމްޕޯޓް ކުރުމަށްޓަކައި ކަސްޓަމްސްއަށް ހުށަހަޅާ ބައެއް ގުޑްސް ޑިކްލަރޭޝަންތަކުގައި ބަޔާންކޮށްފައި އޮންނަ ބީއެލް / އެއަރވޭ ބިލް ނަންބަރާއި އެމުދަލުގެ ކާގޯ މެނިފެސްޓު ނުވަތަ ހައުސް ބީއެލް/ހައުސް އެއަރވޭ ބިލުގައި ބަޔާންކޮށްފައި އޮންނަ ނަންބަރާ ދިމާނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

 

މީގެ ސަބަބުން މުދާ ކްލިއަރ ކުރުމުގެ ޕްރޮސެސް އަވަސް ކުރުމަށް ކަސްޓަމްސްގައި ބޭނުންކުރާ ސިސްޓަމުތަކާއި، ބަނދަރު ހިންގާ ފަރާތްތަކާއެކު މުދަލުގެ މަޢުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ ސިސްޓަމުތައް ބޭނުން ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ.

 

ވީމާ، ޑިކްލަރޭޝަން ހުށަހެޅުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، ޑިކްލަރޭޝަންތަކުގައި ބީއެލް / އެއަރވޭ ބިލް ނަންބަރު ބަޔާންކުރުމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ. އަދި ބަނދަރު ހިންގާ ފަރާތްތަކަށް އުޅަނދުގެ ކާގޯ މެނިފެސްޓް / ބީއެލް / އެއަރވޭ ބިލް ހުށަހަޅާއިރު، ކަސްޓަމްސްއަށް ހުށަހަޅާ ލިޔުންތަކުގައި ބަޔާންކުރާ ނަންބަރުތަކާ ދިމާވޭތޯ ޗެކްކުރުމަށްވެސް ދަންނަވަމެވެ.

 

1.      މާސްޓަރ ބީއެލް / މާސްޓަރ އެއަރވޭ ބިލް ނަންބަރުގެ ގޮތުގައި ބަޔާންކުރަންވާނީ އުޅަނދުގެ ކާގޯ މެނިފެސްޓުގައި ބަޔާންކޮށްފައި އޮންނަ ފޯމެޓާ އެއްގޮތަށް އެ ނަންބަރެވެ.

 

2.      ހައުސް ބީއެލް / ހައުސް އެއަރވޭ ބިލް ނަންބަރުގެ ގޮތުގައި ބަޔާންކުރަންވާނީ އެ މުދަލުގެ ހައުސް ބީއެލް / ހައުސް އެއަރވޭ ބިލުގައި ބަޔާންކޮށްފައި އޮންނަ ފޯމެޓާ އެއްގޮތަށް އެ ނަންބަރެވެ.

 

 

 

އަދި ދަންނަވަމެވެ. 01 ޖަނަވަރީ 2023ވަނަ ދުވަހުގެ ފަހުން ހުށަހަޅާ ގުޑްސް ޑިކްލަރޭޝަންތަކުގައި ބަޔާންކޮށްފައި އޮންނަ ބީއެލް / އެއަރވޭ ބިލް ނަންބަރާއި ކާގޯ މެނިފެސްޓު ނުވަތަ ހައުސް ބީއެލް/ހައުސް އެއަރވޭ ބިލުގައި ބަޔާންކޮށްފައި އޮންނަ ނަންބަރާ ދިމާނުވާނަމަ ނުވަތަ ބަނދަރު ހިންގާ ފަރާތްތަކަށް ހުށަހަޅާ އެ މަޢުލޫމާތު ދިމާނުވާނަމަ އެ ޑިކްލަރޭޝަނަށް މުދާ ދޫކުރެވޭނީ ކަސްޓަމްސްއިން އަންގާ ގޮތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްފަހުގައި ކަމުގައި ދެންނެވީމެވެ.

 

25 ޑިސެންބަރު 2022
ހޯދާ