އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސައްކަތު - އެޑްމިނިސްޓްރޭޝަން
މަޤާމުގެ ޝަރުތު:
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތައް:
- މުވައްޒަފުންނަށް ސައި ތައްޔާރުކުރުން އަދި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.
- ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާ، މެނޭޖްމަންޓްގެ ބައްދަލުވުންތައް އަދި މިނޫނަސް އެހެނިހެން ބާއްވާ ބޮޑެތި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި ތައްޔާރުކޮށްދިނުން.
- ބައްދަލުވުންތައް ބާއްވާ ކޮޓަރިތައް ހަމަޖެހިފައިވާ އުސޫލުން ސާފުކޮށް ބެލެހެއްޓުން.
މުސާރަ އަދި އެހެނިހެން އިނާޔަތްތައް:
- ލިބިފައިވާ ތަމްރީނާއި ތަޖުރިބާއަށް އެކަޝީގެންވާ މުސާރަ
- އަހަރީ ބޯނަސް
- ހެލްތް އަދި ލައިފް އިންޝުއަރެންސް ޕްލޭން
- އެހެނިހެން އިދާރާތަކުގެ ކްރެޑިޓް ސްކީމް
- ސްޓާފް ލޯން
- ލުއި ފަސޭހަ ޗުއްޓީ ނިޒާމް
- ސޭލްސް އިންސެންޓިވް
މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން؛ ފުރިހަމަކޮށްފައިވާ ވާޒީފާއަށްއެދޭ ފޯމް، އައިޑީ ކާޑު ކޮޕީ، ވަނަވަރު، އަދި ލިބިފައިވާ ތަމްރީނު ތަޖްރިބާގެ ލިޔުންތައް ހުށަހަޅާނީ:
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕވޓ. ލޓޑ.
އެލްއިޑް ބިލްޑިންގް، 3 ވަނަ ފަންގި ފިލާ، ޗާންދަނީމަގު
މާލެ، 20156
- އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ އަޅުގަނޑުމެންގެ ވެބްސައިޓުން
- އެޕްލިކޭޝަން ފޯމްގައި ދޮގުމައުލޫމާތު، ފުރިހަމަ ނުވާ ފޯމް އަދި ހުށަހަޅަންޖެހޭ ލިޔުން ހަމަނުވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެއެވެ.
މިމަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 12 ޖަނަވަރީ 2023 (15:30)
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިތުރު މައުލޫމާތު ސަފުކުރުމަށް 1600 އަށް ގުޅުއްވާ.
05 ޖަނަވަރީ 2023
ހޯދާ