މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮފީސް މިހާރު ހިންގަމުންގެންދާ އޮފީސް އިމާރާތުގައި ހުރި ތަކެތި މިނިސްޓްރީގެ އައު އިމާރާތަށް ބަދަލުކުރުމުގެ އެންމެހާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮފީސް މިހާރު ހިންގަމުންގެންދާ އޮފީސް އިމާރާތުގައި ހުރި ތަކެތި މިނިސްޓްރީގެ އައު އިމާރާތަށް ބަދަލުކުރުމުގެ އެންމެހާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޗަނބޭލީ ވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، މަޖީދީމަގު، 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

      މި ބީލަމާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އަދި ސައިޓް ވިޒިޓް އޮންނާނީ 12  ޖަނަވަރީ 2023  ވާ ބުރާސްފަތި ދުވަހުގެ 14:15 ގައި މ. ޗަނބޭލީވިލާ، މަޖީދީމަގު، 3ވަނަ ފަންގިފިލާ ގައެވެ. ސައިޓް ވިޒިޓްއަށް ދިއުން އޮންނާނީ ޕްރީބިޑް މީޓިންގ އަށްފަހުއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

 

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޖަނަވަރީ 2023
ހޯދާ