މަޤާމު
|
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
|
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލްއޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
އެޑްމިން
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒުގެ އިން ޗާރޖެއްގެ ގޮތުން ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދާ އެއްގޮތަށް ފައިސާގެ ކަންތައްތައް ބަލަހައްޓާ ސްޕްރަވައިޒް ކުރުން.
- ޞިއްޙީ މަރުކަޒުގެ އެކައުންޓްތަކާއި ލިބޭ އަދި ޚަރަދުވާ ފައިސާގެ ކަންކަން ދުވަހުން ދުވަހަށް ބަލައި ޤާނޫނާ ގަވާއިދާއި އެއްގޮތަށް އެކަންކަން ކުރެވޭކަން ކަށަވަރުކުރުން.
- ބަޖެޓް ކޮންޓްރޯލް ކުރުމުގެ އުސޫލުތަކާއި ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތައް ހަމަޖެއްސުން.
- މުސާރައާއި އުޖޫރައާއި ޢިނާޔަތްތައް ލިބިދިނުމަށް ބޭނުންވާ ކަންކަން ފަހިކުރުމާއި ކަނޑައެޅިފައިވާ ދުވަހަށް މުސާރައާއި އުޖޫރައާއި ޢިނާޔަތްތައް ދިނުން.
- ޞިއްޙީ މަރުކަޒަށް ބޭނުންވާ މުދަލާއި ޚިދްމަތް ހޯދައި ލިބިގަތުމުގެ ކަންކަން ހިގަމުން އަންނަގޮތް ބަލައި ފަސޭހަ އިންތިޒާމެއްގެދަށުން ކުރެވޭނެގޮތް ހަމަޖެއްސުން.
- ޞިއްޙީ މަރުކަޒުގެ ޕްރޮކިޔުމަންޓް އަދި ސްޓޮކްގެ މަސައްކަތްތައް ކުރިޔަށްދަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި، ޕްރޮކިޔުމަންޓް އަދި ސްޓޮކްގެ މަސަކަތްތައް ތަރައްޤީކުރުމަށް އަޅަންޖެހޭފިޔަވަޅުތައް ދެނެގަތުމާއި އެފިޔަވަޅުތައް އެޅުން.
- ޞިއްޙީ މަރުކަޒުގެ އެކައުންޓާއި ގުޅޭ ހުރިހާ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާ އެކަމާ ގުޅޭ މަސައްކަތްތައް ކުރުން.
- ޞިއްޙީ މަރުކަޒުގެ ބަޖެޓް، މުސާރަ އަދި އާމްދަނީ ފައިސާގެ ހުރިހާ ކަމެއް ކޮށް ބެލެހެއްޓުން.
- ފައިސާއާ ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.
- އަހަރީ ބަޖެޓް ތައްޔާރުކުރުން.
- ޞީއްޙީ މަރުކަޒުގައި ކުރެވޭ މުހިއްމު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޞިއްޙީ މަރުކަޒުގެ ޢާއްމު އުޞޫލުތަކާއި ގަވާއިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެޓުމަށް މަސައްކަތް ކުރުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް މަސައްކަތް ކުރުމާއި ، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠު
|
- އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒްގެ ފޮޓޯއާއެކު (ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. ) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން )
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ސުންގަޑި
|
މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 14 ޑިސެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ފޯމުއާއި ތަކެތި ބަލައިގަންނާނީ ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުންނެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ.
- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 02 ހަފްތާގެ ތެރޭގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލުމާތު ސާފްކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6620216 އެވެ. ވަޒީފާއަށް އެދޭ ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|