ދިވެހިރާއްޖެ
ޢިއުލާން
ސިޓީލާ ނީލަމުގައި މި ހޮސްޕިޓަލުގެ ޖަނަރޭޓަރ ސެޓެއް ވިއްކާލުމާގުޅޭ
މި ހޮސްޕިޓަލްގައި ކުރިން ބޭނުން ކޮށްފައިވާ 1 ޖަނަރޭޓަރ ސެޓް ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ. މި ޖަނަރޭޓަރ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށައަޅާ އަގު ބަޔާންކޮށް 19 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 13:00 ގެ ކުރިން މިހޮސްޕިޓަލަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.
ކޮންމެ ދުވަހެއްގެ ހުށައަޅާ އެންމެ މަތީއަގު އެ ދުވަހެއްގެ 14:00ގެ ފަހުން މިހޮސްޕިޓަލުގެ https://www.facebook.com/GRHMV ފޭސްބުކުޕޭޖު ގައި އާންމު ކުރެވޭނެއެވެ. ނީލަމަށް ހުޅުވާތާ ރަސްމީ 7 (ހަތެއް) ދުވަސް ފަހުން ޖެހިޖެހިގެން ރަސްމީ ތިންދުވަސް އެއް އަގެއް ހުށައެޅިފައި ވާނަމަ އެފަރާތަކަށް ނީލަން ކާމިޔާބު ވާނެއެވެ. އެއް އަގެއް ދެފަރާތަކުން ހުށައަޅައިފިނަމަ އާންމު ކުރެވޭނީ ފުރަތަމަ ހުށައެޅި ފަރާތުގެ އަގެވެ. ނީލަން ކާމިޔާބު ވިކަން އަންގާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކޮށް ފައިސާ ދައްކާ ޚަލާސްކުރިތާ 7 ދުވަހުގެ ތެރޭގައި އެތަކެތި ހުރިތަނުން ގެންދަން ވާނެއެވެ.
- NT-355-G5-BC Cummins Engine ނީލަން ފަށާ އަގު 14100.00 (ސާދަހާސް އެއްސަތޭކަ) ރުފިޔާ
ނީލަމުގައި ކޮންމެ ފަހަރަކުވެސް މަދުވެގެން އިތުރު ކުރެވޭނީ 1000.00 (އެއްހާސް) ރުފިޔާއެވެ.
އަގު ހުށައަޅާއިރު ހުށައަޅާ ޖަނަރޭޓަރު ސެޓްގެ ކޯޑް ސިޓީގައި ސާފުކޮށް ހުށައަޅަންވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ފުތަތަމަ ސިޓީ ފޮނުވާއިރު ނީލަމުގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، ދިރިއުޅޭ އެޑްރެސް، އައިޑީ ކާޑް ނަންބަރު، ފޯނު ނަންބަރު ސިޓީގައި ހިމަނަންވާނެއެވެ. އަދި އައިޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައަޅަން ވާނެއެވެ. މިތަކެތީގެ އިތުރުން މަޢުލޫމާތު ހޯއްދުމަށް ރަސްމީ ގަޑީގައި މިހޮސްޕިޓަލްގެ 6800794، 6800703 ނަންބަރު ތަކަށް ގުޅުއްވުން އެދެމެވެ.