މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ސ.ގަން ގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނުތަކެއް 2023 ޖެނުއަރީ 24 އިން 04 ފެބްރުއަރީ  2023 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް  ސ.ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :                  އޭކޭ ސީރީޒް ރައިފަލް

2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:            4600 މީޓަރު

3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:           200  މީޓަރު

4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:            ސީ.ލެވެލް

5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:                   ސ.ގަން

      

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

19 ޖަނަވަރީ 2023
ހޯދާ