މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، މޮނިޓަރ އަދި އެޕަލް އައިޕެޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، މޮނިޓަރ އަދި އެޕަލް އައިޕެޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ (procurement@customs.gov.mv) އީމެއިލްއަށް  25 ޖެނުއަރީ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2023
ހޯދާ