މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތުޅާދޫ މެޖިސްޓްރޭޓްކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

މި ކޯޓުގައި ބައުތަކެތީގެ ގޮތުގައި ހުރި ބައެއް ސާމާނު ނީލަން ކިޔުން 2023  ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި މިކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން، 2023 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ށް މިކޯޓަށް ދުރުވެ ދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2023 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 އަށް މިކޯޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން  ކާމިޔާބު  ކުރާ ފަރާތްތަކުން،  ސަރުކާރު ބަންދު  ނޫން 3  ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު ތަކެތި  ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖަނަވަރީ 2023
ހޯދާ