ދިވެހިރާއްޖެ
350 ޓަނުން މަތީގެ ލޭންޑިން ކްރާފްޓެއް ކުއްޔަށް ހިފުން
މި ކައުންސިލުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ބޭނުމަށް 350 ޓަނުން މަތީގެ ލޭންޑިން ކްރާފްޓެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/223) އިޢުލާނާ ގުޅިގެން އަގު ހުށަހެޅުމަށް ހާޒިރުވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުމަށް |
10 ޑިސެންބަރު 2014 |
ބުދަ |
11:30 |
މާލޭ ސިޓީ ހޯލް |
އަގު ހުށަހެޅުއްވުމަށް |
14 ޑިސެންބަރު 2014 |
އާދީއްތަ |
11:30 |
މާލޭ ސިޓީ ހޯލް |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
12 ޞަފަރު 1436