ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ޅ.ކުރެންދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޤާއިމްކޮށްފައިވާ އެކޮމޮޑޭޝަން ޔުނިޓް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު ކުރަންބޭނުންވެއްޖެއެވެ.  

   ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފްކުރުން

29 ޖެނުއަރީ 2023

އާދީއްތަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

05 ފެބްރުއަރީ 2023

އާދީއްތަ

13:30

 

 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 28 ޖެނުއަރީ 2023ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ procurement@kurendhoo.gov.mv އަށެވެ.

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:

1-    އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-    ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-    ގުޅޭނެ ފޯނު ނަންބަރު

4-    އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 9107177 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖަނަވަރީ 2023
ހޯދާ