މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މަޑުޖައްސާލުމާ ބެހޭ

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މަޑުޖައްސާލުމާ ބެހޭ

މި މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި، 29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. އަދި ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

29 ޖަނަވަރީ 2023
ހޯދާ