ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 ފެބުރުވަރީ 2023 14:51 ގައި ބާތިލް ކުރެވިފައެވެ.
ބިން ކުއްޔަށް ދޫކުރުން
ގދ.ފިޔޯރީ ހިޔާވަހި އަދި ސަންސެޓުގެ އުތުރު ފަރާތުން 1331.96 އަކަފޫޓުގެ 2 ބިން ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 86 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ ކުއްޔަށް ދިނުމަށް ނިންމާފައިވާ ބިމުގެ އެންމެ ކުޑަ އަގަކީ 0.15 ލާރި (ފަނަރަ ލާރި) ކަމުގައިވެސް ވަނީ ނިންމާފައެވެ.
ވީމާ، ބިން ކުއްޔަށް ނަގަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ބިމަށް ހުށައަޅާ އަގާއި ބިމުގައި ކުރަން ގަސްތުކުރާ ކަމެއް އެގޭނެހެން ހުށެހުޅުމަށް ދަންނަވަމަވެ. އަގު ހުށައެޅުން އޮންނާނީ 15 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 13:00 ގދ.ފިޔޯރީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. ގަޑި ޖެހިގެން ހުށައަޅާ އެއްވެސް ހުށައެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިން ދިނުމަގައި ބަލާނީ އެންމެ މަތިން އަގު ހުށައަޅާފައިވާ ފަރާތަށެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 4002625 ފޯނަށް ގުޅުވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
11 ރަޖަބް 1444
02 ފެބްރުވަރީ 2023