މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ބެލުމުދަށުގައިވާ މަސްޖިދުލް ނާޢިފް ބިން ޢަބްދުލް ޢަޒީޒު އަދި މަސްޖިދުލް ތަޤްވާގައި ކުރަންހުރި މަރާމާތުތަށްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ބެލުމުދަށުގައިވާ މަސްޖިދުލް ނާޢިފް ބިން ޢަބްދުލް ޢަޒީޒު އަދި މަސްޖިދުލް ތަޤްވާގައި ކުރަންހުރި މަރާމާތުތަށްކޮށްދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މަސްޖިދުލް ނާޢިފް ބިން ޢަބްދުލް ޢަޒީޒު އިމާރާތް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ފެބުރުވަރީ 14 ވަނަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ މިއިދާރާ އީމެއިލް (info@thulusdhoo.gov.mv)   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 ފެބުރުވަރީ 13 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ފެބުރުވަރީ 23 ވަނަ ދުވަހުގެ 11:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ފެބުރުވަރީ 2023
ހޯދާ