ދިވެހިރާއްޖެ
ލާމު އަތޮޅުގައި ބާއްވާ ކޮރަލް ރީފް މޮނީޓަރިންގ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން
- 1. ތަފްސީލް
އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އަމާޒަކީ ދިވެހި ސަރުކާރުން އަލަށް ކަނޑައަޅާ ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، އަތޮޅުތައް ތަރައްޤީކުރުމުގައި "ގްރީން ގްރޯތް" ނުވަތަ ކަނޑުގެ ޤުދުރަތީ ރައުސްމާލް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަދި މުރަކަފަރުތަކުގެ ވިލުން އަދި އިޔާދަވުން އިތުރުވާނޭފަދަ ތަރައްގީގެ ވިސްނުންތަކެއް ބަލައިގަތުމުގައި އެހީތެރިވުމެވެ. މިމަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދާ އެ އެކައުންޓުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، މި މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝަރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.
- 2. މައިގަނޑު މަޤްޞަދު
އެންދެރި ޕްރޮޖެކްޓްގެ ފަރާތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އާއި ގުޅިގެން، ބްލޫ މެރިން ފައުންޑޭޝަން ގެ އެހީތެރިކަމާއި އެކު ހިންގާ މިތަމްރީނުގެ މައިގަނޑު މަގްސަދަކީ މުރަކަފަރުތަކުގެ ވިލުން އަދި އިޔާދަވުން އިތުރުކުރުމުގައި ލާމު އަތޮޅުގެ ފަރުތަކަށް އަންނަ ބަދަލުތައް މޮނިޓަރ ކުރުމުގެ ގާބިލުކަން ލާމު އަތޮޅު ރައްޔިތުންގެ ކިބައިގައި އިތުރު ކުރުމެވެ.
ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެނުންނަށް އިސްކަން ދެވޭނެއެވެ.
- 3. ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ގޮތް
މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައެވެ. ތިޔަރީ ކުރިޔަށް ދާނީ އޮންލައިކޮށް 3 ދުވަހަކަށް ބަހާލައިގެންނެވެ. އަދި 2 ދުވަހަކަށް ބަހާލައިގެން އަމަލީ ތަމްރީނު ކުރިޔަށް ގެންދެވޭނެއެއެވެ. (ތަމްރީން ފްރޮގްރާމްގެ ގެ ތަފްސީލް ޖަދުވަލު 1 ގައި)
ކޮރަލް ރީފް މޮނިޓަރިންގ ތަމްރީންގެ އަމަލީ ތަމްރީން ފެށުމުގެ ކުރިން ބްލޫ މެރިން ފައުންޑޭޝަން ގެ ފަރާތުން ހުރިހާ ބައިވެރިންނަށް ޕަޑި އޯޕަން ވޯޓަރ ޑައިވިންގ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ކޯހުގެ ޢަމަލީ ތަމްރީނު އޮންނާނީ ކަނޑުގެ ސަރަހައްދު ތަކުގައެވެ. އަދި ތަމްރީން އޮންނަ ސަރަހައްދު (ރަށަށް) ކުރާ ދަތުރުތަކާއި ބައިވެރިންގެ ކެއުމުގެ އިންތިޒާމް މި ޕްރޮޖެކްޓް ގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ.
- 4. ބައިވެރވުމުގެ ފުރުޞަތު
މި ތަމްރީން ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި، ލ. އަތޮޅުގެ މީހުންއުޅޭ ކޮންމެ ރަށަކުން 1 ފަރާތެއް ހޮވުމަށް އިސްކަންދެވޭނެއެވެ.
- ޑައިވިން އަދި ފަޅު އަދި ކަނޑުގެ ސާރވޭތައް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން.
- އުމުރުން 16 އަހަރުވެފައިވުން. (16 - 18 އަހަރުގެ ކުދިން ބެލެނިވެރިންގެ ހުއްދައާއިއެކު).
- 5. ބައިވެރިން ހޮވުމުގެ މިންގަނޑު
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެކަކަށްވުރެ ގިނަ ފަރާތުން ފޯމު ހުށައަޅާފައިވާނަމަ، ބައިވެރިން ހޮވޭނީ ތިރީގައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ. އަދި ޕޮއިންޓްގެ ގޮތުން އެއްރަށަކުން ގިނަ ބައިވެރިން އެއްވަރު ވެފައިވާ ނަމަ، ފޯމުލީ ތަރުތީބުން ބައިވެރިއަކު ހޮވޭނެއެވެ.
ތަޕްސީލު |
ބަލާނެ ލިޔެކިޔުން |
ޕޮއިންޓް |
ތަޢުލީމީ ފެންވަރު: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް (އެންމެ ގިނަވެގެން 50 ޕޮއިންޓް)
|
ހުށައަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް |
50 |
ޖީ.ސީ.އީ އޯޑިނަރީ ލެވެލް (10 ޕޮއިންޓް) |
||
ޖީ.ސީ.އީ އެޑްވާންސް ލެވެލް (10 ޕޮއިންޓް) |
||
ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓް (10 ޕޮއިންޓް) |
||
ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ (10 ޕޮއިންޓް) |
||
ބެޗްލަރސް ޑިގްރީ އަދި އެއްވުމެ މަތި (10 ޕޮއިންޓް) |
||
ލިބިފައިވާ ތަޖުރިބާ: މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ – ކޮންމެ އަހަރަކަށް 5 ޕޮއިންޓް (އެންމެ ގިނަވެގެން 20 ޕޮއިންޓް) |
މަސައްކަތުގެ ތަޖުރިބާ ބަޔާން ކޮށްދޭ ލިޔުމެއް |
30 |
ތިމާވެށީގެ ނުވަތަ އެކަމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތެއް ކޮށްފައިވާނަމަ 10 ޕޮއިންޓް |
މަސައްކަތުގެ ތަޖުރިބާ ބަޔާން ކޮށްދޭ ލިޔުމެއް |
10 |
ޖިންސު: ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެނުން ބައިވެރިން އިތުރު ކުރުމުގެ މަޤްސަދުގައި، އަންހެން ބައިވެރިއެއް ނަމަ 10 ޕޮއިންޓް |
އައި.ޑީ ކާޑް |
10 |
މުޅި ޖުމްލަ = |
|
100 |
- 6. ހުށަހަޅަންޖެހޭ ތަކެތި
- ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ
- 18 އަހަރުންދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން
- ތަޢުލީމާއި މަސައްކަތް އަންގާދޭ ލިޔެކިޔުން (ޕޮއިންޓް ދެވޭނީ ހުށައަޅާފައިވާ ލިޔުމަށް އެކަނި)
- 7. ސުންގަޑި
ޓްރޭނިންއަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައްހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 9މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ހުށަހެޅުންތައް ހުށައަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންނެވެ.
- 8. އިތުރު މަޢުލޫމާތު
ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު އެންދެރި ޕްރޮޖެކްޓްގެ ލާމު އަތޮޅުގައި ހުންނަ ޕްރޮކެޖްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ނަންބަރު 7257321 އާލި ގުޅުއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
މާލެ / ދިވެހިރާއްޖެ
އީމެއިލް: endheri@environment.gov.mv