ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ފ. ނިލަންދޫ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރު: (IUL)374-C/374/2022/43(30 އޮކްޓޯބަރ 2022) އިއުލާނާއި އެކު އާންމު ކޮށްފައިވާ މައުލޫމާތު ޝީޓުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާތީ، އެއިއުލާނު ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.              

މިމަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ މައުލޫމާތު ސެޝަނެއް 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިން ހޯލުގައި އޮންނާނެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ފެބުރުވަރީ  20  ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. ބިޑުހުށަހަޅާ ފޯމުގެ ނަމޫނާ ގެޒެޓުންނާއި މިއިދާރާގެ ކައުންޓަރުން އަދި އިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ލިބެން ހުންނާނެއެވެ. ބިޑު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. ނިލަންދޫ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

09 ފެބުރުވަރީ 2023
ހޯދާ