ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން ކޮޅުމަޑުލު ތިމަރަފުށީ ހިއްކި ސަރަހައްދުގައިވާ މަގުތަކާއި ބްލޮކްތައް ސާރވޭކުރުމާއި އިންވަކިކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން ކޮޅުމަޑުލު ތިމަރަފުށީ ހިއްކި ސަރަހައްދުގައިވާ މަގުތަކާއި ބްލޮކްތައް ސާރވޭކުރުމާއި އިންވަކިކޮށްދޭނެ ފަރާތެއް ހޯދުން.

                 މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށ ކޮޅުމަޑުލު ތިމަރަފުށީ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން ކޮޅުމަޑުލު ތިމަރަފުށީ ހިއްކި ސަރަހައްދުގައިވާ މަގުތަކާއި ބްލޮކްތައް ސާރވޭކުރުމާއި އިންވަކިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.

                 މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2023 ފެބްރުއަރީ 19 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ procurement@thimarafushi.gov.mv އަށް  މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

                 މިބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ފެބްރުއަރީ 20 ވާ ހޯމަ ދުވަހުގެ 10:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބީލަމުގައި ރެޖިސްޓަރވެފައިވާނަމަ، މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށްވެސް ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.

                 ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 28 ވާ އަންގާރަދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 10:00 ގައެވެ.

13 ފެބުރުވަރީ 2023
ހޯދާ