ދިވެހިރާއްޖެ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ހިތަދޫ ދިވެހިރާއްޖެ |
ނަންބަރު: S2C-C/2023/ 27
އިޢުލާން
އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 2023 ފެބްރުއަރީ 21 ވާ އަންގާރަ ދުވަހުގެ 13:00ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި އަންދާސީ ހިސާބުހުށަހެޅުމުގެ ސުންގަޑިއަކީ 2023 ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
މިމަސައްކަތަށް ވަކިވަކި ފަރުދުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެވާހަކަ ދެންނެވީމެވެ. އަދި ކުންފުންޏެއްގެ ފަރާތުން ކުރިމަތިލާނަމަ، ޤާނޫނު ނަންބަރު 2014/18ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި 2014/19ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާންވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިކޯޓުގެ ނަންބަރު 6880008 ނުވަތަ 6880010 އަށް ގުޅުއްވުން އެދެމެވެ.
23 ރަޖަބު 1444
14 ފެބްރުއަރީ 2023