މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭން އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

ހުޅުމާލޭގެ އިރުމަތި ފަރާތު އަތިރިމަތީ މަގުން ނުވަތަ މައި މަގުން (ނިރޮޅު މަގު) 500-600 އަކަފޫޓާ ދެމެދުގެ ޢިމާރާތެއް ގްރައުންޑް ފްލޯރއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ހުޅުމާލެ

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާ ބެހޭ ތަފުސީލު

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓު)
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ ޢިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓަރީ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • ޢިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދޭ މުއްދަތު

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ފޯންލައިން އަޅާފައި ހުރުން.
  • ފާޚާނާ ހުރުން.
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ގޮތަށް ހޯދޭ ޢިމާރާތަކަށްވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެ ގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50 (ހުށަހަޅާ އެންމެ ކުޑަ އަގު / ހުށަހެޅި އަގު 50)
  • ކުއްޔަށްދޭ މުއްދަތު: 30 (ހުށަހަޅާ އެންމެ ދިގު މުއްދަތު / ހުށަހެޅި މުއްދަތު 30)
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %20

                             26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ