ދިވެހިރާއްޖެ
މި ކުންފުނީގެ ނަންބަރު ASND-HCM-IUL-2023-018 އިއުލާނަށް އެކަށީގެންވާވަރަށް ކެޑިޑޭޓުން ކުރިމަތި ލައްވާފައި ނުވާތީ، އަލުން މިމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
އިޢުލާން ނަންބަރު: ASND-HCM-IUL-2023-021
މަޤާމް: ކްލައެންޓް އެކްސްޕީރިއަންސް އޮފިސަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މިމަގާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 22 ފެބުުރުވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތިރީގައިމިވާ ތަކެތި،އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، jobs@aasandha.mv އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
- މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ.
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތް.
- ތަޢުލީމާއި ތަމްރީން: %20
- މަސައްކަތު ތަޖުރިބާ: %20
- އިންޓަރވިއު: %60
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.