މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އޮފީސް އިމާރާތް ބަދަލުކުރުމުގެ މަސައްކަތާ ގުޅިގެން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމާ ބެހޭ

މި މިނިސްޓްރީގެ އޮފީސް އިމާރާތް ސްޓާރ ކްލައުޑް އިމާރާތުން އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާ މި މަރުހަލާގައި މިނިސްޓްރީގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ސަރވަރ މެދުކަނޑާނުލައި މި މަސައްކަތް ކުރިއަށް ގެންދެވެން ނެތުމާއެކު، މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފިޔަވާ އެހެން ހުރިހާ ޚިދުމަތްތަކެއް 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އިން ފެށިގެން 19 ފެބުރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި އޮފީސް ބަދަލުވުމުގެ މަސައްކަތް ނިމުމާއެކު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މި މިނިސްޓްރީގެ ޚިދުމަތްތައް އަލުން ހުޅުވާލެވޭނެކަމުގައިވެސް ދެންނެވީމެވެ.

ވީމާ، ޚިދުމަތްތައް މެދުކެނޑިފައިވާ ދުވަސްތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ.

15 ފެބުރުވަރީ 2023
ހޯދާ