ދިވެހިރާއްޖެ
General Sir John Kotelawala Defence University. Self-Finance Scholarship. |
ސްރީލަންކާގެ ސަރ ޖޯން ކޮޓެލަވަލަ ޑިފެންސް ޔުނިވަރސިޓީ (ކޭ.ޑީ.ޔޫ) ގައި ހިންގުމަށް ހަމަޖެހިފައިވާ "އެމް.ބީ.ބީ.އެސް" ކޯހުގެ 5 ފުރުޞަތު ދިވެހިރާއްޖެއަށް އޮތްކަމުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތުން ވަނީ އަންގަވާފައިވެއެވެ. މި ކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ކޯހުގައި ބައިވެރިވާ ކެންޑިޑޭޓުން އަމިއްލައަށެވެ.މި ޑިޕާޓްމަންޓުން އެމް.ބީ.ބީ.އެސް ހެދުމަށް ލޯނުދެވިފައިވާ ފަރާތްތަކަށްވެސް މި ފުރުޞަތު ވަނީ ހުޅުވިފައެވެ. ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުންގެ އެޕްލިކޭޝަން 24 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓްގެ ކައުންޓަރަށް (ވެލާނާގެ 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ. ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާބެހޭ އެޕްލިކޭޝަން ފޯމާއި މަޢުލޫމާތު ކަރުދާހާއި އަދި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ. |