ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެންޓީން ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ: (IUL)213-PR/2013/2023/10 އިޢުލާނަށް ރަޖިސްޓްރީ ކޮށްފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ޕްރީބިޑް ބައްދަލުވުން
މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 27 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިއެވާ އީ-މެއިލަށް މެއިލް ކުރުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
ލިންކު: https://forms.gle/W7qDWTkdBaoyzNyi8
މެއިލް އެޑްރެސް: procurement@polytechnic.edu.mv
ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 07މާރިޗް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅަން ވާނެއެވެ. (ސީ.ޑީ/ޕެންޑުރައިވް.) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަން ވާނެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން procurement@polytechnic.edu.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.