ދިވެހިރާއްޖެ
އިޢުލާން ނަންބަރު: 56(IUL)22-F/22/2023/
ނީލަމާބެހޭ މަޢުލޫމާތު
މިއިދާރާގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 2023 މާރިޗު 07 ވާއަންގާރަ ދުވަހު މެންދުރު 14:30 ގައި ވެލާނާގެ 9 ވަނަ ފްލޯ ގައެވެ. ނީލަންކިޔާ ތަކެތީގެ ތެރެއިން މިޔުޒިކް ސާމާނުތައް ނީލަންކިޔުން އޮންނާނީ 2023 މާރިޗު 08 ވާ ބުދަ ދުވަހު މެންދުރު 14:30 ގައި ބާ ދަރުމަަވަންތަ ސްކޫލުގައެވެ. ނީލަމުގައި ނަގާ ތަކެއްޗަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލު ތިރީގައި އެވަނީއެވެ.
ކޯޑު |
މުދާ |
ރޭޓް (ރުފިޔާ) |
ޢަދަދު |
ނީލަންކިޔަން ފެށޭނެ އަގު (ރުފިޔާ) |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު (ރުފިޔާ) |
MoE01 |
އޮފީސް މޭޒު |
100.00 |
05 |
500.00 |
50.00 |
MoE02 |
ޕޭޕާރ ޝްރެޑާރ |
50.00 |
01 |
50.00 |
20.00 |
MoE03 |
ޕްރިންޓަރ (ބްރަދާ) |
30.00 |
03 |
90.00 |
10.00 |
MoE04 |
ޕްރިންޓަރ (އެޗް.ޕީ) |
30.00 |
03 |
90.00 |
10.00 |
MoE05 |
ޕްރިންޓަރ (ޑެލް) |
30.00 |
01 |
30.00 |
10.00 |
MoE06 |
ސްކޭނާރ (ބޮޑު) |
50.00 |
02 |
100.00 |
20.00 |
MoE07 |
ފިންގަރ މެޝިން |
20.00 |
01 |
20.00 |
10.00 |
MoE08 |
ޑައިނިންގް ގޮނޑި (ލަކުޑި) |
40.00 |
03 |
120.00 |
50.00 |
MoE09 |
ސްޓޭންޑް ފަންކާ (ސެންފޯޑު) |
20.00 |
01 |
20.00 |
10.00 |
MoE10 |
RO ވޯޓަރ ފިލްޓަރ |
10.00 |
02 |
20.00 |
50.00 |
MoE11 |
ސޯފާ މޭޒު |
50.00 |
02 |
100.00 |
20.00 |
MoE12 |
މޮނިޓަރ (އޭސަރ) |
50.00 |
01 |
50.00 |
10.00 |
MoE13 |
ސީ.ޕީ.ޔޫ (އޭސަރ) |
30.00 |
01 |
30.00 |
10.00 |
MoE14 |
ފޯނު (އަލްކަޓެލް ލުސެންޓް) |
20.00 |
09 |
90.00 |
50.00 |
MoE15 |
ފޯނު (ޕެނެސޮނިކް) |
20.00 |
02 |
20.00 |
50.00 |
MoE16 |
މައުސް (ޑެލް) |
05.00 |
05 |
25.00 |
50.00 |
MoE17 |
މައުސް (އެހެނިހެން) |
05.00 |
05 |
25.00 |
50.00 |
MoE18 |
ލެޕްޓޮޕް (އެން.އީ.ސީ) |
200.00 |
01 |
200.00 |
100.00 |
MoE19 |
ޕްރޮޖެކްޓަރ |
100.00 |
01 |
100.00 |
50.00 |
MoE20 |
މީޑިއަމްބެކް ގޮނޑި |
25.00 |
10 |
25.00 |
50.00 |
MoE21 |
ލޯބެކް ގޮނޑި |
25.00 |
04 |
25.00 |
50.00 |
MoE22 |
ހައިބެކް ގޮނޑި |
50.00 |
07 |
350.00 |
20.00 |
MoE23 |
ޕްލާސްޓިކް ގޮނޑި (ހުދު) |
50.00 |
02 |
50.00 |
10.00 |
ނީލަންކިޔުމުގެ އުޞޫލު
- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދީފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަން ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދާނެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެނގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމާނެއެވެ.
- ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ޙަވާލުކުރާނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ޙަވާލުކުރާނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާނުކުރެވޭނެއެވެ.
ނޯޓް: އިތުރު މަޢުލޫމާތު ބޭނުންވާނަމަ 3341178 އަށް ގުޅުން އެދެމެވެ.